އެޗްއާރު އެމްޑީ ކޮމެޓީ
ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީއަކީ ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދު ތަންފީޒުކުރުމަށާއި ސިވިލް ސަރވިސްއިން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ރަގަޅުކޮށް ޒަމާނީ ސިވިލް ސަރވިސްއެއް ގާއިމްކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ކުރާ މަސައްކަތްތަކުގައި ކޮމިޝަނަށާއި ޕާމަނަންޓް ސެކްރެޓެރީންނަށާއި ސެކްރެޓަރީ ޖެނެރަލުންނަށާއި ޒިންމާދާރުވެރިންނަށް އެހީތެރިވެ ދިނުމަށް މަސްއޫލު އޮފީސްތަކުގައާއި ކައުންސިލްތަކުގައާއި ރަށު ފެންވަރުގައި ގާއިމް ކުރަންޖެހޭ ކޮމެޓީއެކެވެ. އެގޮތުން މިކައުންސިލްގެ އެޗް.އާރު.އެމް.ޑީ ކޮމެޓީގައި ތިއްބަވަނީ 5 މެމްބަރުންނެވެ.
އެޗްއާރު އެމްޑީ ކޮމެޓީގެ މަސައްކަތް
1. ވަޒީފާތަކަށް މީހުން ހޮވުމާއި ހަމަޖެއްސުމުގައި ޤަވާއިދުގައިވާ ގޮތުގެ މަތިން އެހީތެރިވެދިނުން.
2. ޤަވާއިދާ އެއްގޮތަށް ވަޒީފާއަށް މީހުން ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
3. ޤަވާއިދުތައް ތަންފީޒު ކުރުމުގައި ސެކްރެޓަރީ ޖެނެރަލް އަށް އެހީތެރިވެ ދިނުން.
4. މުވައްޒަފުންނާއި ބެހޭ ގޮތުން ކުރެވޭ ތަހުގީގުތަކުގައި އެހީތެރިކަން ބޭނުންވެއްޖެ ހިދެއްގައި އެހީތެރިވުން.