ޚަބަރު

ނޫސްވެރިކަމުގެ އިނާމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

07 ޑިސެމްބަރު 2020 | ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ކޮންމެ އަހަރަކުވެސް ބާއްވާ ނޫސްވެރިކަމުގެ އިނާމުގެ 2019 އާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް އިނާމް ކޮމެޓީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ އިނާމު ކޮމެޓީގެ މުޤައްރިރު އަލްފާޟިލް އަޙްމަދު އަމީން މުޙައްމަދާއި، އިނާމު ކޮމެޓީގެ ނާއިބު މުޤައްރިރު އަލްފާޟިލް ޢަލީ އަހްސަންއާއި ކައުންސިލް ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާޠިމަތު މުނާ އެވެ.

 

އެވޯޑް ހަފްލާ ބާއްވުމަށް  ހަމަޖެހިފައިވަނީ 08 ޑިސެމްބަރ 2020 ( ޕީ.އެސް.އެމް ގެ މަލްޓި ޕާޕޯސް ހޯލް) ގައެވެ. މި ހަފްލާ ޓީވީ އެމް އިން ލައިވްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ޓީވީއެމްގެ ލައިވް ފީޑް ބޭނުންވާ މީޑިއާތަކަށް އެކަންވެސް ހަމަޖެހިފައިވާނެއެވެ.

 

އިނާމު ދިނުމުގެ ހަފްލާ ބޭއްވުމަށް އެޗްޕީއޭ އިން ވަނީ ހުއްދަ ދެއްވައިފައެވެ. އެހެންކަމުން މި ހަފްލާ ކުރިއަށްދާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށެވެ.

 

ނޫސްވެރިންގެ މިއަދުގެ ބައްދަލުވުމުގައި އިނާމް ކޮމިޓީގެ މުޤައްރިރު އަޙްމަދު އަމީން މުޙައްމަދު ފާހަގަކުރެއްވި ގޮތުގައި ކޮވިޑް -19 އާ ގުޅިގެން ރައްޔިތުން ތަކްލީފުތައް އުފުލަންޖެހުނު ވަގުތުގައިވެސް ރައްޔިތުންނާ ހަމައަށް ތަޒާ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް ދިވެހިރާއްޖޭގެ ނޫސްވެރިން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ދިވެހިރާއްޖެއަށް ދިމާވި އިޤްތިޞާދީ މި ދަތިތަކާއެކު މީޑިއާތަކަށްވެސް މާލީގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވީއިރުވެސް މެދުކެނޑުމެއްނެތި ރައްޔިތުންގެ ޚިދުމަތުގައި ދިވެހި ނޫސްވެރިން ކުރި މިންނެތް މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންވެސް އިނާމް ދިނުމުގެ ހަފްލާ މިއަހަރު މެދުކަނޑާނުލާ ކުރިއަށް ގެންދިޔުމަށް މި ކައުންސިލުން ނިންމީކަމަށް ފާހަގަކުރެއްވިއެވެ.  

 

ނޮމިނޭޝަނަށް ބަލާއިރު މި ހަފްލާގައި އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކާއި ކެޓެގަރީތައް ތިރީގައި އެވަނީއެވެ.

ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)ގެ ދާއިރާ

ޕްރިންޓް، އޮންލައިން ކެޓެގަރީ

އިޖުތިމާއީ، ތާރީޚާއި ސަޤާފަތް، ފަންނުވެރިކަމުގެ ދާއިރާ

ޕްރިންޓް، އޮންލައިން ކެޓެގަރީ

ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްޤީގެ ދާއިރާ

ޕްރިންޓް، އޮންލައިން ކެޓެގަރީ

ސިޔާސީ ދާއިރާ

ޕްރިންޓް، އޮންލައިން ކެޓެގަރީ

ޝަރުޢީ އަދި ޤާނޫނީ ދާއިރާ

ޕްރިންޓް، އޮންލައިން ކެޓެގަރީ

ވިޔަފާރިއާއި އިޤުތިޞާދު

ޕްރިންޓް، އޮންލައިން ކެޓެގަރީ

ވިޔަފާރިއާއި އިޤުތިޞާދު

ބްރޯޑްކާސްޓިންގ ކެޓެގަރީ

ކުޅިވަރުގެ ދާއިރާ

ޕްރިންޓް، އޮންލައިން ކެޓެގަރީ

ފީޗަރ ގެ ދާއިރާ

ޕްރިންޓް، އޮންލައިން ކެޓެގަރީ

ފީޗަރ ގެ ދާއިރާ

ބްރޯޑްކާސްޓިންގ ކެޓެގަރީ

ފޮޓޯ ޖަރނަލިޒަމް

ޕްރިންޓް، އޮންލައިން ކެޓެގަރީ

ވީޑިއޯ ޖަރނަލިޒަމް

ބްރޯޑްކާސްޓިންގ ކެޓެގަރީ

އެންމެ އުންމީދީ ނޫސްވެރިޔާ