ޚަބަރު

މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު ހަފްލާ މެއި މަހުގެ 23 ވަނަ ދުވަހުގައި ބާއްވަން ނިންމައިފި

08 އޭޕްރިލް 2021 | ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުން މި އަހަރު ދިނުމަށް ހަމަޖެހިފައިވާ 'ނޫސްވެރިކަމުގެ އިނާމު 2020' ދިނުމުގެ ޙަފްލާ 23 މެއި 2021 ގައި ބޭއްވުމަށް ނިންމައިފިއެވެ. މިއަހަރުގެ ނޫސްވެރިކަމުގެ އިނާމް، ޖުމުލަ 12 ދާއިރާއަކުން ދިނުމަށްވަނީ ހަމަޖެހިފައެވެ.

ނޫސްވެރިކަމުގެ އިނާމު 2020 އަށް ނަން ހުށަހެޅުމުގެ ފުރުސަތު މި އަހަރު ހުޅުވާލީ 02 މާރިޗު 2021 ގައެވެ. އަދި ނޫސްވެރިންނަށް ވީހާވެސް ގިނަ ވަގުތު ދިނުމުގެ ގޮތުން ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށް ސުންގަޑި ހަމަވީއިރު ޖުމުލަ 87 ހުށަހެޅުންވަނީ ލިބިފައެވެ. މިއީ މިހާތަނަށް ނޫސްވެރިކަމުގެ އިނާމަށް އެންމެ ބޮޑު ތަރުހީބެއް ލިބުނު އަދި އެންމެ ގިނަ ހުށަހެޅުން ލިބުނު އަހަރުކަން ފާހަގަކޮށް، ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލީ ހުރިހާ ނޫސްވެރިންނަށް ޝުކުރު ދަންނަވަމެވެ.

26 ޝަޢުބާން 1442

08 އޭޕްރިލް 2021