ޚަބަރު

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ ބިލް" އާއި ގުޅޭ ގޮތުން އެޓާރނީ ޖެނެރަލް އަނިލް އާއި ބައްދަލުކުރައްވައިފި"

10 އޭޕްރިލް 2016 | ޚަބަރު


"އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލު" ގައި ހުރި މައްސަލަތަކާއި ކަންބޮޑުވުންތައް އެމްއެމްސީގެ ޚާއްސަ ކޮމެޓީން އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލްއަށް މިއަދު ހުށަހަޅުއްވައިފިއެވެ. އެމްއެމްސީގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން އެޓާރނީ ޖެނެރަލް އަނިލް ފާހަގަ ކުރެއްވި ކަންތައްތަކަކީ:

·         އަބުރުގެ ބިލްގައި މިހާރު ކަނޑައަޅާފައިވާ ޖިނާއީ އަދަބުގެ ބައިތައް މަދަނީ ބަޔަކަށް ބަދަލުކުރައްވަން މަސައްކަތް ކުރައްވާނެކަމަށް.

·         އަބުރާ ބެހިގެން ކުރާ ޖޫރިމަނާ 5 މިލިއަންކަމަށް މިހާރު ބިލުގައި ވާއިރު އެއަދަދު އެކަށީގެންވާ މިންވަރަކަށް ކުޑަކޮށްދެއްވަން މަސައްކަތް ކުރައްވާނެކަމަށް.

·         ޖޫރިމަނާ ނުދެއްކުމުން ޖަލަށްލާ މުއްދަތު 3 މަހަށް ކުޑަކޮށްދެއްވަން މަސައްކަތް ކޮށްދެއްވާނެކަމައް.

އަބުރާބެހުމާއި ގުޅޭބައިތައް އަބުރާބެހޭ ގަވާއިދުގެ ތެރެއަށްލާން ހުށަހެޅުމުން އެކަމަށްވެސް މަސައްކަތް ކޮށްދެއްވާނެކަމަށް. 


                                                                              10  އޭޕްރީލް 2016