ޚަބަރު

ކުޑަކުދިންގެ ހަވީރުގައި މީޑިއާ ކައުންސިލުން ބައިވެރިވެއްޖެ

13 މެއި 2018 | ޚަބަރު

 

ދިވެހި ސިވިލް ސަރވިސްއަށް 10 އަހަރު ފުރުމާއި ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމާއި ގުޅިގެން ހޯމް މިނިސްޓްރީއާ ސިވިލް ސަރވިސް ކޮމިޝަނުން އިންތިޒާމުކުރެއްވި ކުޑަކުދިންގެ ހަވީރުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބައިވެރިވެއްޖެއެވެ.

މި ހަވީރު ބޭއްވުނީ 12 މޭ 2018 ގައި ރަސްފަންނު ސަރަހައްދުގައެވެ. މި ހަވީރުގައި މީޑިއާ ކައުންސިލުގެ ސްޓޯލުން ތަފާތު އެކިއެކި ހަރަކާތްތައް ކުރިއަށްގެންދިޔައެވެ. ކައުންސިލުގެ ސްޓޯލުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ފާރުނޫސް ތައްޔާރުކުރުމާއި ބޯޅަ ވެއްޓުމާއި ކުލަޖެއްސުމާއި މޫނުގައި ކުރެހުން އަދި ފުއްޕާހަން ފެޅުން ހިމެނެއެވެ. މި ހަރަކާތްތަކުގައި ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބެލެނިވެރިން ބައިވެރިވިއެވެ.

ސްޓޯލް ހިންގެވުމުގައި އިސްކޮށް އުޅުއްވީ ކައުންސިލުގެ އިދާރީ މުވައްޒަފުންނެވެ. އަދި މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދުވަހަކީ ވިއްސާރަ އަދި ވައިބާރު ދުވަހެއް ނަމަވެސް ކުޑަކުދިން ޝައުޤުވެރިވާފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވުނެވެ. ނުހަނު ކާމިޔާބުކަމާއެކު ކުރިޔަށްގެންދެވުނު މީޑިއާ ކައުންސިލުގެ ސްޓޯލަށް ގިނަ ބަޔެއްގެ ތަރުހީބު ލިބުނެވެ.