ޚަބަރު

މީޑިއާ ކައުންސިލަށް ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ ޤަވާއިދާ ގުޅޭ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިސްބޭފުޅުންނާއެކު މަޝްވަރާ ކުރައްވައިފި.

13 މެއި 2019 | ޚަބަރު

މީޑިއާ ކައުންސިލަށް ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ ޤަވާއިދާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިސްބޭފުޅުންނާއެކު  ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މީޑިއާ ކައުންސިލުގެ ޤާނޫނުގެ 28 ވަނަ މާއްދާއަށް އަމަލުކުރުމާ  ގުޅޭގޮތުންވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިސްބޭފުޅުންނާއެކުވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި، ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްއާއި އެސިސްޓެންޓް ޕްރޮސެކިއުޓަރ ޖެނެރަލް ބައިވެރިވެވަޑައިގަތެވެ.