ޚަބަރު

މިނިވަން މުއައްސަސާތަކުގެ ބައިން މޯލްޑިވްސް މީޑިއާ ކައުންސިލަށް އެއްވަނަ ދަރަޖަ

01 އޮކްޓޯބަރު 2017 | ޚަބަރު

  • ވެބްސައިޓްގައި ހާމަކޮށްފައިވާ މައުލޫމާތަށްބަލައި ދައުލަތުގެ އިދާރާތައް ދަރަޖަ ކުރިއިރު މިނިވަން މުއައްސަސާތަކުގެ ތެރެއިން މިކައުންސިލަށްވަނީ އެއްވަނަ ދަރަޖަ ލިބިފައެވެ. މި ދަރަޖަ ލިބިފައިވާ ކަމުގެ ސެޓްފިކެޓް ދެއްވީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިންފޮރމޭޝަން ކޮމިޝަނަރގެ އޮފީހުން ބޭއްވި ހަފްލާގައެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން އިންފޮރމޭޝަން ކޮމިޝަނަރ ދެއްވާ ހަދާނީ ލިޔުމުގައި ހަވާލުވެވަޑައިގަތީ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް މުޙައްމަދު ފަރުޞަތުއެވެ. މިހަފްލާގައި ކައުންސިލުގެ ރައީސް އަލްފާޟިލް އަބްދުލް މުޢީދު ހަސަން، މެމްބަރު އަލްފާޟިލް އަސްއަދު ޝަރީފް، މެމްބަރު އަލްފާޟިލް ހަސަން ޝާކިރު މުޙައްމަދު އަދި މިކައުންސިލުގެ އިންފޮމޭޝަން އޮފިސަރ އަލްފާޟިލާ އާމިނަތު އަޒްލިފާ ބައިވެރިވެވަޑައިގަތެވެ.