ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢައިޝަތު ޢަލީ އާއި ބައްދަލު ކުރައްވައިފި

21 ޖުލައި 2019 | ޚަބަރު

 

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިސަތު ޢަލީ އާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ސްކޫލްތަކުގައި މީޑިއާ ކުލަބް އުފެއްދުމާއި، މީޑިއާ ކްލަބްތައް ސްކޫލްތަކުގައި ކުރިއަށް ގެންދިޔުމަށް ދެފަރާތް ގުޅިގެން މަސައްކަތް ކުރުމަށާއި، ސްކޫލް މީޑިއާ ކްލަބްގެ މުހިންމު ކަމާއި ގުޅޭގޮތުންނެވެ. އަދި ސްކޫލްތަކުގައި މީޑިއާ ކްލަބް އުފެއްދުމާ ގުޅޭގޮތުން މީޑިއާ ކައުންސިލުން އެކުލަވާލާފައިވާ އުސޫލު އެޑިއުކޭޝަން މިނިސްޓަރާ ވަނީ ހިއްސާކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ ދެއްކެވި ވާހަކަފުޅުގައި ސްކޫލް މީޑިއާ ކްލަބާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ދެވެންހުރި ހުރިހައި އެއްބާރުލުމެއް ދެއްވާނެކަމަށް  ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މީޑިއާ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ވަނީ ކައުންސިލްގެ ނާއިބު ރައީސް އަޙްމަދު އާޒިފް، ކައުންސިލް މެންބަރު އަޙްމަދު ޖަދުއާން، ކައުންސިލް މެންބަރު އަލްފާޟިލް އަޒްމީ އަލީ، ކައުންސިލް މެމްބަރު އަލްފާޟިލް ޢަލީ ރިފްޝާން، ކައުންސިލް މެންބަރު އަލްފާޟިލް އަޙްމަދު އަމީން މުޙައްމަދު، ކައުންސިލް މެންބަރު ޢަލީ އަޙްސަން އަދި ކައުންސިލް މެމްބަރު އަލްފާޟިލާ ރިފާޢަތު ރަޝީދުއެވެ.