ޚަބަރު

'ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޙަފްލާ

01 އޮކްޓޯބަރު 2017 | ޚަބަރު


މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަހަރު ދިނުމަށް ހަމަޖެހިފައިވާ 'ނޫސްވެރިކަމުގެ އިނާމު 2016' ދިނުމުގެ ޙަފްލާ 2017 އޮކްޓޫބަރު 11 ގައި ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޙަފްލާގައި ޖުމްލަ 8 ދާއިރާއަކުން ނޫސްވެރިންނަށް އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ. އެ ދާއިރާތަކަކީ:

1.      އިޖްތިމާޢީ ދާއިރާ،

2.      ސިޔާސީ ދާއިރާ،

3.      ޝަރުޢީ އަދި ޤާނޫނީ ދާއިރާ،

4.      ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ،

5.      ކުޅިވަރުގެ ދާއިރާ،

6.      ފޮޓޯ ޖާރނަލިޒަމްގެ ދާއިރާ،

7.      ވީޑިއޯ ޖާރނަލިޒަމްގެ ދާއިރާ،

8.      ފީޗަރ ލިއުމުގެ ދާއިރާ، މިއެވެ.

 މީގެ އިތުރުން، އެހެން އަހަރުތަކެކޭވެސް އެއްފަދައިން 'އެންމެ އުންމީދީ ނޫސްވެރިޔާ' އަދި ލައިފްޓައިމް އެޗީވްމަންޓް' އިނާމުވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.