ފަހުގެ ޚަބަރު

post

ކުރިއަށް އޮތް ދައުރަށް ކައުންސިލް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވޭ އިންތިޚާބާ ގުޅޭ ގޮތުން މިއަދު ކައުންސިލުން ޤަރާރެއް ފާސްކޮށްފި

ކުރިއަށް އޮތް ދައުރަށް މޯލްޑިވްސް މިޑިއާ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވޭ އިންތިޚާބަކީ ނޫސްވެރިންނާއި މުޅި މުޖުތަމަޢު  ޤަބޫލުކުރާފަދަ މިންގަނޑެއްގައި ބެއްވޭ އިންތިޚާބަކަށް ހެދުމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުން ބޭނުންފުޅުވާތީ މިނިސްޓަރުގެ ސަމާލުކަމަށް ބައެއްކަންކަން ގެނައުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދުވަނީ ފާސްކޮށްފައެވެ. މިކަންކަން ކައުންސިލުން ފާސްކުރިއިރު މެންބަރުން ފާހަގަކުރެއްވި ބައެއް ނުކުތާތަކުގެ ތެރޭގައި ޤަވާއިދުން ނެރެމުންދާ ނޫސްމަޖައްލާތަކަށްވުރެ ޤަވާއިދުން ނެރެމުންނުދާ ނޫސްމަޖައްލާތައް ގިނަވެފައި އޮތުމުގެ ސަބަބުން އެނޫސް މަޖައްލާތަކުންނާއި ނުހިންގާ ޓީވީ ރޭޑިއޯތަކުން އިންތިޚާބުގައި ވޯޓު ދެވޭނެ ގޮތަށް އޮތްނަމަ ވަކިބަޔަކަށް އެތަންތަނުގެ ޕްރޮކްސީ ބޭނުންކޮށްގެން އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އިންތިޚާބު ކޮންޓްރޯލް ކުރާ ފަރާތްތަކަކީ ރަޖިސްޓްރީ ކުރި ފަހުން ނުވަތަ ލައިސަންސް ދިން ފަހުން ހަރަކާތްތެރި ނުވާ ތަންތަނަށް ވެއްޖެނަމަ މީޑިއާ ކައުންސިލުގައި ހަރަކާތްތެރިނުވާ  މީޑިއާތައް ތަމްސީލުވުމުގެ ފުރުސަތު އޮތްކަމުގައި ފާހަގަކުރެއްވިއެވެ.

މީޑިއާ ކައުންސިލުން މިނިސްޓަރުގެ ސަމާލުކަމަށް ގެނައުމަށް ފާސްކުރި ކަންކަމަކީ؛

1.      ކުރިއަށް އޮތް މީޑިއާ ކައުންސިލްގެ އިންތިޚާބު ކުރުމަށް ވޯޓުދެވޭ މީޑިއާތަކަކީ ރަޖިސްޓްރީ ކުރިފަހުން ވޭތުވެދިޔަ 6 މަސް ދުވަހު ޤަވާއިދުން ނެރެމުންދާ ނޫސް މަޖައްލާތަކާ އަދި އޮންލައިން ނޫހަކަށްވުން ނުވަތަ ހިންގަމުންދާ ޓީވީ ރޭޑިއޯއަކަށް ވުން؛

2.      6 މަސް ދުވަސްވަންދެން ޤަވާއިދުން ނެރެމުންދިޔަ ނޫސް މަޖައްލާތަކާއި އޮންލައިން ނޫސްތަކާއި ހިންގަމުންދިޔަ ޓީވީ ރޭޑިއޯތައް ކަށަވަރު ކުރުމުގެ މަސައްކަތް ކުރާނެ ކޮމިޓީއެއް މިނިސްޓަރު އެކުލަވާލެއްވުން. އެކޮމިޓީގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ 2 މެންބަރުން ހިމެނުން. އަދި ޑިމޮކްރަސީއަށްޓަކައި މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާގެ މެންބަރަކު ހިމެނުން. އަދި ރާއްޖޭގެ މީޑިއާގެ ތެރެއިން އެޑިޓަރ ފެންވަރުގެ 2 ނޫސްވެރިއަކު ހިމެނުން؛

3.      ޕްރޮކްސީ ޤަބޫލުކުރުމުގައި އުސޫލުތަކެއް ކަނޑައަޅައި ވޯޓުލާމީހާއަކީ އެތަނެއްގައި މަސައްކަތްކުރާ ފަރާތެއްކަން ކަށަވަރުކުރުން.

 މި ޤަރާރު މިހާރު ވަނީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯރޓްސްއަށް ފޮނުވާފައެވެ. 

post

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން ކުޑަކުދިންގެ ޚަބަރާއި މަޢުލޫމާތު އާންމުކުރާ ހަމަތަކާއި އުސޫލުތަކުގެ މަޢުލޫމާތު ދިނުމަށް ތ. ތިމަރަފުއްޓަށް ދަތުރުކޮށްފި

ކުޑަކުދިންނާ ގުޅުންހުރި ހަބަރާއި މައުލޫމާތު އާއްމުކުރާއިރު ނޫސްވެރިން އަމަލުކުރާ މިންގަޑާއި ކުޑަކުދިންނަށް އަމާޒުކޮށް ތައްޔާރު ކުރެވޭ ޕްރޮގްރާމްތައް ބްރޯޑްކާސްޓް ކުރެވޭ މިންގަޑާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ޔުނިސެފްއާއި މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން ހިންގާ ޕްރޮގްރާމްގައި ތިމަރަފުށީގެ ރައްޔިތުންނަށާއި ސްކޫލްގެ ދަރިވަރުންނަށް މަޢުލޫމާތު ދެވިއްޖެއެވެ.

            މިމަހުގެ 22 ވަނަދުވަހު ކައުންސިލްގެ ބައެއް މެމްބަރުންނާއި ނޫސްވެރިކަމުގައި ހަރަކާތްތެރިވާ ބައެއްބޭފުޅުން ހިމެނޭގޮތަށް ކުރި ދަތުރުގައި ތިމަރަފުށީގެ ކައުންސިލަރުންގެ އިތުރުން ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުންނަށް މައުލޫމާތު ދިނުމަށް 03 ބައްދަލުވުމެއް ބާއްވާފައިވެއެވެ. 

post

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން ކުޑަކުދިންގެ ޚަބަރާއި މަޢުލޫމާތު އާންމުކުރާ ހަމަތަކާއި އުސޫލުތަކުގެ މަޢުލޫމާތު ދިނުމަށް ފުވައްމުލަކަށް ދަތުރުކޮށްފި

ކުޑަކުދިންނާ ގުޅުންހުރި ހަބަރާއި މައުލޫމާތު އާއްމުކުރާއިރު ނޫސްވެރިން އަމަލުކުރާ މިންގަޑާއި ކުޑަކުދިންނަށް އަމާޒުކޮށް ތައްޔާރު ކުރެވޭ ޕްރޮގްރާމްތައް ބްރޯޑްކާސްޓް ކުރެވޭ މިންގަޑާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ޔުނިސެފްއާއި މޯލްޑިވްސް މީޑިއާ ކައުންސިލްއާއި ގުޅިގެން ހިންގާ ޕްރޮގްރާމްގައި ފުވައްމުލަކްގެ ރައްޔިތުންނަށާއި ސްކޫލްތަކުގެ ދަރިވަރުންނަށް މަޢުލޫމާތު ދެވިއްޖެއެވެ.

            މިމަހުގެ 8 ވަނަދުވަހުން ފެށިގެން 11 ވަނަދުވަހާއި ހަމައަށް ކައުންސިލްގެ ބައެއް މެމްބަރުންނާއި ނޫސްވެރިކަމުގައި ހަރަކާތްތެރިވާ ބައެއްބޭފުޅުން ހިމެނޭގޮތަށް ކުރި ދަތުރުގައި ފުވައްމުލަކު ކައުންސިލަރުންގެ އިތުރުން ސްކޫލްތަކުގެ ބެލެނިވެރިންނާއި ދަރިވަރުންނަށް މައުލޫމާތު ދިނުމަށް 10 ބައްދަލުވުމެއް ބާއްވާފައިވެއެވެ. ބައްދަލުވުންތައް އަމާޒުކުރެވުނު ސްކޫލްތަކުގެ ތެރޭގައި ޏ.އަތޮޅު ތައުލީމީ މަރުކަޒާއި ހާފިޒް އަހްމަދު ސްކޫލްއާއި ފުވައްމުލަކް ސްކޫލްއާއި އަދި މަދަރުސަތުއް ޝައިހް މުހައްމަދު ޖަމާލުއްދީން ސްކޫލް ހިމެނެއެވެ.

އެމްއެމްސީގެ ތައާރަފް

މީޑިއާ ކައުންސިލަކީ ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމްގެ ދަށުން މީޑިއާގެ ތެރެއިން މީޑިއާގެ މައްސަލަތައް ބަލައި އެމައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދައިދިނުމަށާއި ޒިންމާދާރު ޕްރޮފެޝަނަލް މީޑިއާއެއް ޤާއިމުކުރުމަށްޓަކައި އެކުލަވާލެވިފައިވާ ކައުންސިލެކެވެ.
އިތުރަށް ވިދާޅުވޭ

ފޮޓޯ ގެލެރީ

Post Post Post Post Post Post Post Post
 

ޕަބްލިކޭޝަންސް

މީޑިއާ ޑައިރެކްޓްރީ

ފަހުގެ ޓުވީޓްސް

							 jQuery(function($){
								$(".tweet").tweet({
								 join_text: "auto",
								 username: "mmc_mv",
								 avatar_size: 48,
								 auto_join_text_default: "",
								 auto_join_text_ed: "",
								 auto_join_text_ing: "",
								 auto_join_text_reply: "",
								 auto_join_text_url: "",
								 count: 2,
								 avatar_size: null,
								 loading_text: "loading tweets..."
								});
							 });
							
 

ފުރަތަމަ ސަފްހާ އެމްއެމްސީ ގެލެރީ ޑައުންލޯޑްސް މީޑިއާ ޑައިރެކްޓްރީ ގުޅުވުމައް

2013 © މޯލްޑިވްސް މީޑިއާ ކައުންސިލް. ފަރުމާކޮށްފައި ވަނީ: ޒިސްކް މޯލްޑިސްވް