• https://ejurnal.unima.ac.id/https://repository.polytechnic.astra.ac.id/https://ejournal.uki.ac.id/https://www.kar-group.com/https://journal.universitaspahlawan.ac.id/https://ejurnal.unim.ac.id/https://publishing.fgu-edu.com/https://jurnal.ummi.ac.id/https://murninetsv2.planmalaysia.gov.my/https://fumj.fui.edu.pk/
  • https://ejurnal.unima.ac.id/https://repository.polytechnic.astra.ac.id/https://ejournal.uki.ac.id/https://www.kar-group.com/https://journal.universitaspahlawan.ac.id/https://ejurnal.unim.ac.id/https://publishing.fgu-edu.com/https://jurnal.ummi.ac.id/https://murninetsv2.planmalaysia.gov.my/https://fumj.fui.edu.pk/
  • Article - Maldives Media Council

    ދެންނެވުން

    ޚިޔާލުފާޅުކުރުމާއި މަޢުލޫމާތު ފެތުރުމުގެ ޤާނޫނާގުޅޭ

    17 މެއި 2017 | ދެންނެވުން

    ޚިޔާލުފާޅުކުރުމާއި މަޢުލޫމާތު ފެތުރުމަށް ޤާނޫނު ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި ޚަބަރާއި މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދީ، އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގެ މީޑިއާތަކުން ކުރާ މަސައްކަތްތަކަކީ މި ކައުންސިލުން ބަލައިގަންނަ ތަރުޙީބުދޭ ކަންކަމެވެ. ހަމައެއާއެކު މީޑިއާގައި ޙަރަކާތްތެރިވާ ފަރާތްތަކުން ތަބާވާންޖެހޭ ހަމަތަކާއި، އަޚުލާޤީ މިންގަނޑުތަކަށް ތަބާވެ ތިއްބަވައިގެން ޚަބަރާއި މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދެއްވުމަކީ ވެސް މި ކައުންސިލުން ބަލައިގަންނަ ތަރުޙީބުދޭ ކަންކަމެވެ. އަދި މިކަންކަމަކީ، ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) 10 ވަނަ މާއްދާގައިވާ ބަޔާންވެފައިވާ ކަންކަންވެސް މެއެވެ.

     

    މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 23 ވަނަ މާއްދާގައި، މީޑިއާ ކައުންސިލަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި ބަލަންޖެހޭ އުސޫލުތަކުގެ ތެރޭގައި، މީޑިއާގައި ޝާއިޢުކުރާ މަޢުލޫމާތަކީ، އިންސާފުވެރިކަމާއި ތެދުވެރިކަމާއެކު ފަރުދުންނަށް ލިބިގެންވާ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް ޙުރުމަތްތެރިކޮށް ހިތޭ ގޮތެއްގައި، އެފަރާތްތަކަށް ދޭންވާ ޙައްޤު ޤަދަރާއި އިޙްތިރާމު ދެވިގެންކަން ޤަބޫލުކުރުމުގެ ޙައްޤު މީޑިއާގެ ވަސީލަތްތައް ބަލައިގަންނަ ފަރާތްތަކަށް އޮތްކަމަށާއި، އެއްވެސް ފަރާތެއްގެ އަބުރުވެރިކަމުގެ ގޮތުގައި ބެލެވޭ އަމިއްލަ މަޢުލޫމާތު އަދި އޭނާގެ އަބުރަށް ނުވަތަ ޤަދަރަށް އުނިކަން އަތުވެދާނެ ފަދަ ނުވަތަ މީހުންނަށް ކަންކަން އޮޅިގެންދާނެފަދަ ޙަޤީޤަތެއް ނެތް ވާހަކަ ހާމަނުކުރުން ހިމެނެއެވެ. މަޢުލޫމާތު ޝާއިޢުކުރުމުގެ ފުރިހަމަ އިޚުތިޔާރު މީޑިއާއަށް ލިބިގެންވީކަމުގައިވީ ނަމަވެސް، އެއީ ޢާންމު އިޖްތިމާޢީ މިންގަނޑުތަކަށް އުނިކަމެއް ލިބިދާނެފަދަ ކަމެއްކަމަށްވާނަމަ، ޝާއިޢުކުރުމުގައި މީޑިއާއިން ޒިންމާދާރުވާންވާނެ ކަމަށްވެސް ބަޔާންވެފައިވެއެވެ. ހަމަމިއާއެކު، މިޤާނޫނުގެ 24 ވަނަ މާއްދާގައި، މީޑިއާގައި މަސައްކަތްކުރާ މީހުން އެކިފަރާތްތަކުގެ އަމިއްލަ މަޢުލޫމާތު ހޯދަންވާނީ މުޖުތަމަޢުގެ މަޞްލަޙަތެއް އެކަމުގައި ހިމެނޭ ކަމަށްވާނަމަ ކަމަށާއި، އެފަދަ މަޢުލޫމާތު ހޯދުމުގައި އެއިން ފަރާތެއްގެ އަމިއްލަ މިނިވަންކަމުގެ ދާއިރާގެ ތެރެއަށް ނުޙައްޤުން ވަދެގެން ނުވާނެ ކަމަށާއި، އެފަރާތްތަކުގެ އަބުރަށާއި ޤަދަރަށް އަބަދުމެ އިޙްތިރާމު ކުރަންވާނެ ކަމަށް ބަޔާންވެފައިވެއެވެ.

     

    ޤާނޫނުގައި މިކަންކަން މިހާ ސާފުކޮށް ބަޔާންވެފައި އޮތް ނަމަވެސް، މިހާރަކަށް އައިސް ރާއްޖޭގެ މީޑިއާގައި މިއާ ޚިލާފަށް މީސްމީހުންގެ އަބުރަށާއި ނަމަށާއި ޤަދަރަށް އުނިކަން ލިބޭގޮތަށް ޚަބަރާއި މަޢުލޫމާތު ފަތުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ޚާއްޞަކޮށް އެކި ޢާއިލާތަކަށް ދިމާވެފައިވާ ވަރަށް ހިތާމަވެރި ދަނޑިވަޅުތަކުގައި އެކަންކަމާބެހޭ ޚަބަރުތަކާއި ފޮޓޯތައް ޝާއިޢުކޮށް، ފަތުރަމުންގެންދަނީ އެ ޢާއިލާތަކުގެ އިޙްސާސްތަކަށް އެއްގޮތަކަށްވެސް ބެލުމެއްނެތިކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. އަދި މިދުނިޔެއާ ވަކިވެފައިވާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނާ ބެހޭގޮތުން މީޑިއާގެ އެކި ވަސީލަތްތަކުގައި ޝާއިޢުކުރެވޭ، އާންމުން ފާޅުކުރާ ޚިޔާލުތައް އާންމު އިޖުތިމާޢީ މިންގަނޑުން އެއްކިބާވުމުގެ އިތުރަށް އެފަރާތްތަކުގެ ނަމަށާއި އަބުރަށް ހުތުރުވާގޮތަށާއި، އެފަރާތްތަކުގެ ޢާއިލާތަކުގެ ހިތާމަތައް އިތުރުވާނެ ގޮތަށް ހުންނަކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.

     

    މީސްމީހުންގެ ނަމަށާއި އަބުރަށާއި ޤަދަރަށް އުނިކަން ލިބޭގޮތަށާއި، ޢާއިލާތަކަށް ލިބިފައިވާ ހިތާމަތަކާއި އިޙްސާސްތަކަށް ބެލުމެއްނެތި ޚަބަރާއި، މަޢުލޫމާތާއި، ފޮޓޯއާއި، އާންމުން ފާޅުކުރާ ޚިޔާލުތައް މީޑިއާގައި ޝާއިޢުކުރުމަކީ ޒިންމާދާރު މީޑިއާއަކުން އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަންކަމެއް ނޫނެވެ. އަދި މިކަންކަމަކީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި، "ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާޤީ މިންގަނޑާއި" އޭގެ އިތުރުން ދިވެހިރާއްޖޭގެ އެހެނިހެން ޤާނޫނުތަކުގައިވެސް މަނާކުރެވިފައިވާ ކަންކަން ކަމަށްވާތީ، މިފަދަ ޚަބަރުތަކާއި މަޢުލޫމާތާއި، ފޮޓޯއާއި، އާންމުން ފާޅުކުރާ ޚިޔާލުތައް މީޑިއާގެ އެއްވެސް ވަސީލަތެއްގައި ޝާއިޢުނުކުރުމަށް މީޑިއާގެ އެންމެހައި ފަރާތްތަކަށް ހަނދާންކޮށްދީ އިލްތިމާސްކުރަމެވެ.