މޯލްޑިވްސް މީޑިއާ ކައުންސިލުގެ 7 ވަނަ ދައުރަށް ހޮވިވަޑައިގަތް މެންބަރުން
15 ޑިސެންބަރު 2022 ން 14 ޑިސެންބަރު 2024 ށް
އަޙްމަދު މުޞްޠަފާ – ކައުންސިލް ރައީސް
އަޙްމަދު
މުޞްޠަފާއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގައި މީޑިއާ ތަމްސީލްކުރާ މެންބަރެއްގެ ގޮތުގައި
2022 ޑިސެމްބަރ 15 އިން 2024 ޑިސެމްބަރ 14 އަށް އައްޔަންކުރައްވާފައިވާ މެންބަރެކެވެ.
މުޞްޠަފާއަކީ ކައުންސިލްގެ 7 ވަނަ ދައުރުގެ ރައީސްއެވެ.
މޯލްޑިވްސް
މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން މުޞްޠަފާ ވަނީ ސަރުކާރުގައި 28 އަހަރަށްވުރެ
ގިނަ ދުވަހު މަސައްކަތްކުރައްވާފައެވެ. އެގޮތުން މުސްޠަފާ މިހާރު
މަސައްކަތްކުރައްވަމުން ގެންދަވަނީ ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖަރ ނިއުސް
އޮޕަރޭޝަންސް މަގާމުގެ ގޮތުގައެވެ. އަދި މީގެ އިތުރުން މުޞްޠަފާ ވަނީ މޯލްޑިވްސް
ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ އެސިސްޓެންޓް މެނޭޖަރ ގްރެފިކްސް އެންޑް
އެނިމޭޝަން ޑިޕާރޓްމަންޓްގެ ހެޑްކަމާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ
އެގްޒެކެޓިވް ޕްރޮޑިޔުސަރ ނިއުސް އެންޑް ކަރަންޓް އެފެއާޒްކަމާއި އަދި މޯލްޑިވްސް
މީޑިއާ އިންސްޓިޓިއުޓްގެ ލެކްޗަރަރކަންވެސް އަދާކުރަށްވާފައެވެ. މީގެއިތުރުން މުޞްޠަފާއަކީ
ރާއްޖޭގައި ކިޔަވައިދޭ ޔުނިވަސިޓީތަކާއި ކޮލެޖްތަކުގައި ވެސް މަސައްކަތް ކުރައްވައި
ތަޖުރިބާ ޙާޞިލު ކުރައްވާފައެވެ.
މުޞްޠަފާ
ވަނީ ދިވެހިރާއްޖޭގައި ހުންނަ މިއާންޒް އިންޓަނޭޝަނަލް ކޮލެޖްއިން މަލްޓި
މީޑިއާދައިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައިވެއެވެ.
ހުސެއިން ޝަރީފް – ކައުންސިލް ނައިބް ރައީސް
ހުސެއިން
ޝަރީފްއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގައި މީޑިއާ ތަމްސީލްކުރާ މެންބަރެއްގެ ގޮތުގައި
2022 ޑިސެމްބަރ 15 އިން 2024 ޑިސެމްބަރ 14 އަށް އައްޔަންކުރައްވާފައިވާ މެންބަރެކެވެ.
ހުސެއިންއަކީ ކައުންސިލްގެ 7 ވަނަ ދައުރުގެ ނައިބް ރައީސްއެވެ. ކައުންސިލް ނައިބް ރައީސްގެ
އިތުރުން ހުސެއިންއަކީ ކައުންސިލްގެ މީޑިއާ ރިލޭޝަން އެންޑް ޑިވަލޮޕްމަންޓް ކޮމެޓީގެ
މެންބަރުކަމާއި ޝަކުވާ ބަލާ ކޮމެޓީގެ މެންބަރުކަމާއި އަދި އިނާމް ކޮމެޓީގެ ނައިބް މުގައްރިރެއެވެ.
މޯލްޑިވްސް
މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ހުސެއިން ވަނީ އަމިއްލަ މުއައްސަސާއެއްގައި
4 އަހަރު ދުވަހު މަސައްކަތްކުރައްވާފައެވެ. އެގޮތުން ހުސެއިން މިހާރު މަސައްކަތްކުރައްވަމުން
ގެންދަވަނީ ވަގުތު ނޫހުގެ ޑެޕއުޓީ އެޑިޓަރުގެ ގޮތުގައެވެ. އަދި މީގެ އިތުރުން ހުސެއިން
ވަނީ ވަގުތު ނޫހުގެ އެސިސްޓެންޓް އެޑިޓަރުކަންވެސް އަދާކުރަށްވާފައެވެ.
ހުސެއިން
ވަނީ ގްރޭޑް 10 ނިންމެވުމަށްފަހު، 2016 ގައި އައްޑޫއިން ބީޓެކް ޑިޕްލޮމާ ޙާޞިލުކުރައްވާފައިވެއެވެ.
އަޙްމަދު އާޒިފް – ކައުންސިލް މެންބަރު
އަޙްމަދު
އާޒިފްއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގައި މީޑިއާ ތަމްސީލްކުރާ މެންބަރެއްގެ ގޮތުގައި
2022 ޑިސެމްބަރ 15 އިން 2024 ޑިސެމްބަރ 14 އަށް އައްޔަންކުރައްވާފައިވާ މެންބަރެކެވެ.
ކައުންސިލް މެންބަރެއްގެ އިތުރުން އަޒިފްއަކީ ކައުންސިލްގެ މީޑިއާ ރިލޭޝަން އެންޑް
ޑިވަލޮޕްމަންޓް ކޮމެޓީގެ މެންބަރުކަމާއި އިނާމް ކޮމެޓީގެ މުގައްރިރުއެވެ. އަދި އާޒިފް
ވަނީ 2018 ޑިސެމްބަރ 15 އިން 2020 ޑިސެމްބަރ 14 އަށް މި ކައުންސިލްގެ ނައިބު ރައީސްގެ
މަޤާމުވެސް އަދާކުރައްވާފައެވެ.
މޯލްޑިވްސް
މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން އާޒިފް ވަނީ ސަރުކާރާއި އަމިއްލަ އެކިއެކި
މުއައްސަސާތަކުގައި 14 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައެވެ. އެގޮތުން
އާޒިފް މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ސަން އޮންލައިންގެ މެނޭޖިން އެޑިޓަރުގެ
މަގާމުގައެވެ. އަދި މީގެ އިތުރުން އާޒިފް ވަނީ ސްކޫލްތަކުގެ އެޑްމިން އޮސިރަކަން އަދާކުރަށްވާފައެވެ.
އާޒިފް ވަނީ އޯލެވަލް ޙާޞިލުކުރައްވާފައިވެއެވެ.
އަޙްމަދު އަމީން މުޙައްމަދު – ކައުންސިލް މެންބަރު
އަޙްމަދު
އަމީން މުޙައްމަދަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގައި އާންމުން ތަމްސީލްކުރާ މެންބަރެއްގެ
ގޮތުގައި 2022 ޑިސެމްބަރ 15 އިން 2024 ޑިސެމްބަރ 14 އަށް އައްޔަންކުރައްވާފައިވާ މެންބަރެކެވެ.
ކައުންސިލް މެންބަރެއްގެ އިތުރުން އަމީންއަކީ ކައުންސިލްގެ އެތިކްސް އެންޑް ލީގަލް
ކޮމިޓީގެވެސް މެންބަރެކެވެ. އަދި އަމީން ވަނީ 2018 ޑިސެމްބަރ 15 އިން 2020 ޑިސެމްބަރ
14 އަށް މި ކައުންސިލްގެ މެންބަރުކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.
މޯލްޑިވްސް
މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން އަމީން ވަނީ ސަރުކާރާއި އަމިއްލަ އެކިއެކި
މުއައްސަސާތަކުގައި 9 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައެވެ. އެގޮތުން
އަމީން މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ
ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓުގެ ހެޑެވެ. އަދި މީގެ އިތުރުން
އަމީން ވަނީ ޕްރިންސިޕަލްކަމާއި، ގައުމީ ޔުނިވަރސިޓީގެ ކައުންސިލް މެންބަރުކަމާއި،
ކައުންސިލް ސެކްރެޓަރީކަމާއި، އިންފޮމޭޝަން އޮފިސަރުކަންވެސް އަދާކުރަށްވާފައެވެ. މީގެއިތުރުން
އަމީންއަކީ ރާއްޖޭގައި ކިޔަވައިދޭ ޔުނިވަސިޓީތަކާއި ކޮލެޖްތަކުގައި ވެސް މަސައްކަތް
ކުރައްވައި ތަޖުރިބާ ޙާޞިލު ކުރައްވާފައެވެ.
އަމީން
ވަނީ ޗެކްރިޕަބްލިކްގެ މަސަރޭކް ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް މެނޭޖްމަންޓް
ޙާޞިލުކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް
ބިޒްނަސް މެނޭޖްމަންޓް އެންޑް މާކެޓިންގ އާއި އިނގިރޭސިވިލާތުގެ އެޑެކްސެލްގެ ބީޓެކް
ނެޝަނަލް ޑިޕްލޮމާ ޙާޞިލުކުރައްވާފައެވެ.
މުހައްމަދު އަފްރާހް – ކައުންސިލް މެންބަރު
މުހައްމަދު
އަފްރާހްއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގައި މީޑިއާ ތަމްސީލްކުރާ މެންބަރެއްގެ ގޮތުގައި
2022 ޑިސެމްބަރ 15 އިން 2024 ޑިސެމްބަރ 14 އަށް އައްޔަންކުރައްވާފައިވާ މެންބަރެކެވެ.
ކައުންސިލް މެންބަރެއްގެ އިތުރުން އަފްރާހްއަކީ ކައުންސިލްގެ ޕައްބްލިކް ރިލޭޝަން ކޮމިޓީގެވެސް މެންބަރެކެވެ.
މޯލްޑިވްސް
މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން އަފްރާހް ވަނީ އަމިއްލަ އެކިއެކި މުއައްސަސާތަކުގައި
24 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައެވެ. އެގޮތުން އަފްރާހް މިހާރު މަސައްކަތްކުރައްވަމުން
ގެންދަވަނީ ތިލަދުންގެ ނިއުސް ހެޑްގެ ގޮތުގައެވެ. އަދި މީގެ އިތުރުން އަފްރާހް ވަނީ
ސަން މީޑިއާގެ ޕްރެޒެންޓަރކަމާއި، ދިއެފްއެމްގެ ސީނިއާރ ވީޑިއޯ ޖާނަލިސްޓްކަމާއި، ޗެނަލް
ވަން އާއި ރޭޑިއޯ އެޓޯލްގެ ހެޑް އޮފް ނިއުސް އެންޑް ކަރަންޓް އެފެއާޒްކަމާއި، އޭޑީކޭ
ހޮސްޕިޓަލްގެ މެނޭޖަރުކަމާއި، މިއަދު ނޫހުގެ ސީނިއާރ ރިޕޯޓަރުކަމާއި، ދުވަސް އޮންލައިންގެ
ޗީފް އޮޕަރޭޓަރުކަމާއި، ދިވެހި ޗެނަލްގެ ވީޑިއޯ ޖާނަލިސްޓްކަމާއި އަދި އެޓޯލް އޮންލައިންގެ
ޗީފް އެޑިޓަރުކަންވެސް އަދާކުރަށްވާފައެވެ.
މުޙައްމަދު ސިމާޢު – ކައުންސިލް މެންބަރު
މުޙައްމަދު
ސިމާޢުއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގައި މީޑިއާ ތަމްސީލްކުރާ މެންބަރެއްގެ ގޮތުގައި
2022 ޑިސެމްބަރ 15 އިން 2024 ޑިސެމްބަރ 14 އަށް އައްޔަންކުރައްވާފައިވާ މެންބަރެކެވެ.
ކައުންސިލް މެންބަރެއްގެ އިތުރުން ސިމާޢުއަކީ މީޑިއާ ރިލޭޝަން އެންޑް ޑިވަލޮޕްމެންޓް
ކޮމިޓީގެ މުޤައްރިރުކަން އަދި އިނާމު ކޮމިޓީގެ މެންބަރެކެވެ.
މޯލްޑިވްސް
މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ސިމާޢު ވަނީ އަމިއްލަ އެކިއެކި މުއައްސަސާތަކުގައި
8 އަހަރު ދުވަހު މަސައްކަތްކުރައްވާފައެވެ. އެގޮތުން ސިމާޢު މިހާރު މަސައްކަތްކުރައްވަމުން
ގެންދަވަނީ ވަންއޮންލައިންގެ ސީނިއަރ ޑެޕިއުޓީ އެޑިޓަރެވެ. އަދި މީގެ އިތުރުން ސިމާޢު
ވަނީ ވަން އޮންލައިންގެ ސީނިއަރ ޖާނަލިސްޓްކަމާއި އަދި ވަގުތު އޮންލައިންގެ އެޗްއާރް
މެނޭޖަރުކަންވެސް އަދާކުރަށްވާފައެވެ.
ސިމާޢު
ވަނީ ސްރީލަންކާގެ ސްރީލަންކާ ކޮލެޖް އޮފް ޖާނަލިޒަމްއިން ޑިޕްލޮމާ އިން މަލްޓި-ފެއްކްޓް
ޖާނަލިޒަމް ޙާޞިލުކުރައްވާފައިވެއެވެ. އަދި އަލް ޖަޒީރާއިން ހިންގި ތަހުގީގީ ނޫސްވެރިކަމުގެ
ތަމްރީނަކާއި ރޮއިޓާސް އިން ހިންގި ފެކްޓް ޗެކިންގެ ތަމްރީނެއް ހައްދަވާފައިވެއެވެ.
މޫސާ ރަޝީދު – ކައުންސިލް މެންބަރު
މޫސާ
ރަޝީދަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގައި މީޑިއާ ތަމްސީލްކުރާ މެންބަރެއްގެ ގޮތުގައި
2022 ޑިސެމްބަރ 15 އިން 2024 ޑިސެމްބަރ 14 އަށް އައްޔަންކުރައްވާފައިވާ މެންބަރެކެވެ.
ކައުންސިލް މެންބަރެއްގެ އިތުރުން މޫސައަކީ ކައުންސިލްގެ އެތިކްސް އެންޑް ލީގަލް ކޮމިޓީގެ
ނައިބު މުޤައްރިރްކަމާއި އަދި ޝަކުވާ ބަލާ ކޮމިޓީގެ މުޤައްރިރެވެ.
މޯލްޑިވްސް
މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން މޫސަ ވަނީ އަމިއްލަ އެކިއެކި މުއައްސަސާތަކުގައި
8 އަހަރު ދުވަހު މަސައްކަތްކުރައްވާފައެވެ. އެގޮތުން މޫސަ މިހާރު މަސައްކަތްކުރައްވަމުން
ގެންދަވަނީ މިހާރު ނޫހުގެ ސީނިއަރ ޖާނަލިސްޓެވެ. އަދި މީގެ އިތުރުން މޫސަ ވަނީ އަވްސް
އޮންލައިންގެ ސަބް-އެޑިޓަ އަދާކުރަށްވާފައެވެ.
ޢަލީ ނިޝާން – ކައުންސިލް މެންބަރު
ޢަލީ
ނިޝާންއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގައި މީޑިއާ ތަމްސީލްކުރާ މެންބަރެއްގެ ގޮތުގައި
2022 ޑިސެމްބަރ 15 އިން 2024 ޑިސެމްބަރ 14 އަށް އައްޔަންކުރައްވާފައިވާ މެންބަރެކެވެ.
ކައުންސިލް މެންބަރެއްގެ އިތުރުން ނިޝާންއަކީ ޕަބްލިކް ރިލޭޝަން ކޮމިޓީގެ މުޤައްރިރުކަމާއި،
ޝަކުވާ ބަލާ ކޮމިޓީ އަދި އިނާމު ކޮމިޓީގެ މެންބަރެކެވެ.
މޯލްޑިވްސް
މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ނިޝާން ވަނީ ސަރުކާރުގެ މުއައްސަސާތަކާއި،
ރާއްޖެއާއި ރާއްޖޭން ބޭރުގެ ނޫސްތަކުގައި ޕޮޓޯ ޖަރނަލިސްޓެއްގެ ގޮތުގައި 18 އަހަރަށްވުރެ
ގިނަ ދުވަހު މަސައްކަތްކުރައްވާފައެވެ. އެގޮތުން ނިޝާން މިހާރު މަސައްކަތްކުރައްވަމުން
ގެންދަވަނީ ވިޝުއަލް ކޮންސަލްޓެންޓެއްގެ ގޮތުގައެވެ. ނިޝާންއަށް ވަނީ 2020 ވަނަ އަހަރު
ވިޝުއަލް އާރޓްސް ފޮޓޯގްރަފީގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.
ނިޝާން
ވަނީ އޮސްޓްރޭލިއާގެ ކްއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީއިން ކޮންޓެމްޕޮރަރީ
ސްކިލް ފޯ އިފެކްޓިވް މީޑިއާ އިން ދަ އޭޖް ކޯސް ޙާޞިލުކުރައްވާފައިވެއެވެ.
ފާޠިމަތު ޝާޒުލީ – ކައުންސިލް މެންބަރު
ފާޠިމަތު
ޝާޒުލީއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގައި އާންމުން ތަމްސީލްކުރާ މެންބަރެއްގެ ގޮތުގައި
2022 ޑިސެމްބަރ 15 އިން 2024 ޑިސެމްބަރ 14 އަށް އައްޔަންކުރައްވާފައިވާ މެންބަރެކެވެ.
ކައުންސިލް މެންބަރެއްގެ އިތުރުން ޝާޒުލީއަކީ ޕަބްލިކް ރިލޭޝަންސް ކޮމިޓީގެ މެންބަރެކެވެ.
މޯލްޑިވްސް
މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ހުސެއިން ވަނީ ސަރުކާރާއި އަމިއްލަ
އެކިއެކި މުއައްސަސާތަކުގައި 19 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައެވެ.
އެގޮތުން ޝާޒުލީ މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ނޭޝަންލް
ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ ޕްލޭނިން އެނަލިސްޓެވެ.
އަދި މީގެ އިތުރުން ޝާޒުލީ ވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރކަމާއި،
އިލެކްޝަން ކޮމިޝަން ބިއުރޯގެ ސެކްރިޓިއޭޓްކަމާއި، ޓްރާންސްޕޯޓް އޮތޯރިޓީގެ އެގްޒަކެޓީވް
ބިއުރޯގެ އެޑްމިނިސްޓްރޭޓިވްކަމާއި، އިންފޮމޭޝަން އޮފިސަރުކަންވެސް އަދާކުރަށްވާފައެވެ.
ޝާޒުލީ
ވަނީ މޯލްޑިވްސް ބިޒްނަސް ސްކޫލްއިން ޕޯސްޓް ގްރެޖުއޭޓް އިން ސްޓްރެޓެޖިކް މެނޭޖްމަންޓް
އެންޑް ލީޑަރޝިޕް ޙާޞިލުކުރައްވާފައިވެއެވެ.
ޢަލީ ރަޝީދު އިބްރާހީމް – ކައުންސިލް މެންބަރު