މުރާޖައާ
ކޮމެޓީ
މުރާޖާ ކޮމެޓީއަކީ މަޢުލޫމާތު
ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން އެކުލަވާލަން ލާޒިމްކުރާ ކޮމެޓީއެކެވެ. މި
ކޮމެޓީގެ މައިގަނޑު މަސައްކަތަކީ އިންފޮމޭޝަން އޮފިސަރ ނިންމާ ނިންމުމާމެދު
ހިތްހަމަނުޖެހި ހުށަހަޅާ ޝަކުވާތައް ބަލައި މުރާޖާކޮށް ގޮތްނިންމުމެވެ. ކައުންސިލްގެ
އިންފޮމޭޝަން އޮފިސަރގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން ޝަކުވާތައް ހުށައަޅާނީ
މުރާޖަޢާ ކޮމިޓީއަށެވެ. މިކޮމެޓީގައި ތިއްބަވަނީ 5 މެމްބަރުންނެވެ.