ޑރ. އިބްރާހީމް ސަމީރުސެކްރެޓަރީ ޖެނެރަލް (ZV7)


ޑރ. އިބްރާހީމް ސަމީރު މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 1 ފެބްރުއަރީ 2021 ގައި ސެކްރެޓެރީ ޖެނެރަލްގެ ގޮތުގައެވެ. ޑރ. ސަމީރުގެ މަސްއޫލިއްޔަތުތަކަކީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމެވެ. އަދި މީގެ އިތުރަށް ޑރ. ސަމީރު ހިމެނިވަޑައިގަންނަވާ ކޮމެޓީތަކަކީ ހިއުމަން ރިސޯސް ޑިވަލޮޕްމަންޓް އެންޑް މެނޭޖްމަންޓް ކޮމެޓީގެ ޗެއާރ ޕާސަން އަދި މުރާޖާ ކޮމެޓީގެ ޗެއާރ ޕާސަންކަމެވެ. ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 18 އޭޕްރީލް 2002 ގައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ޑރ. ސަމީރު ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައި 16 އަހަރަށްވުރެ ގިނަ ދުވަހު، އެގްޒެކެޓިވް ލެވެލްގައި، ޑިރެކްޓަރ ޖެނެރަލްގެ މަޤާމުތައް އަދާ ކުރައްވާފައެވެ. އެގޮތުން ޑރ. ސަމީރު ވަނީ ޑްރަގް ކޯޓްގެ އެސިސްޓެންޓް ޑިރެކްޓަރ، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޑިރެކްޓަރ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް)، ޑްރަގް ކޯޓްގެ ކޯޓް އެޑްމިނިސްޓްރޭޓަރ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމް އަދާކުރަށްވާފައިވެއެވެ. މީގެއިތުރުން ޑރ. ސަމީރު ވަނީ ރާއްޖޭގައި ކިޔަވައިދޭ ޔުނިވަސިޓީތަކާއި ކޮލެޖްތަކުގައި ވެސް މަސައްކަތް ކުރައްވައި ތަޖުރިބާ ޙާޞިލު ކުރައްވާފައެވެ.

ޑރ. ސަމީރު ވަނީ ސްވިޒަލަންޑްގެ ވިކްޓޯރިއާ ޔުނިވާސިޓީން ޑޮކްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ. އަދި މެލޭޝިއާގެ އޯޕަން ޔުނިވަސިޓީން ވަނީ މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (ފައިނޭންސް) އާއި އިންޑިއާގެ ބެންގަލޯރ ޔުނިވަސިޓީން ވަނީ ބެޗިލާރސް އޮފް ކޮމާރސް (އެކައުންޓިން އެންޑް މާރކެޓިން)  ވެސް ހާޞިލް ކުރައްވާފައިވެއެވެ.

 

 

ޑރ. ފާތުމަތު މުނާ – ޑިރެކްޓަރ ޖެނެރަލް (EX5)


ޑރ. ފާތުމަތު މުނާ މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 16 އޮގަސްޓް 2016 ވަނަ އަހަރު ޑިރެކްޓަރެއްގެ މަޤާމުގައެވެ. އަދި އޭގެފަހުން 30 އޮކްޓޯބަރ 2017 އިން ފެށިގެން ދަނީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު އަދާ ކުރައްވަމުންނެވެ. މުނާ އަކީ 2016 ވަނަ އަހަރުން ފެށިގެން މިކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާ ގެ މަސްއޫލިއްޔަތު އަދާކުރައްވާ ފަރާތެވެ. އަދި މީގެ އިތުރުން މެނޭޖްމަންޓް ސަރވިސް ޑިވިސަން (އެޑްމިން، އެޗްއާރު، ފައިނޭންސް) ގެ އެންމެހާ މަސައްކަތްތައް ރާވާއި ހިންގާ ބަލަހައްޓަވަނީ މުނާއެވެ. އަދި ހަމަ އެއާއިއެކު ބިޑް ކޮމެޓިގެ މުގައްރިރުގެ އިތުރުން އެޗް. އާރު. އެމް. ޑީ ކޮމެޓީގެ ނައިބް މުގައްރިރުކަމާއި، މުރާޖާ ކޮމެޓީގެ ނާއިބް މުގައްރިރުކަން ކުރައްވަނީ ވެސް މުނާއެވެ. އަދި މުނާ އަކީ މި ކައުންސިލްގެ ޓުރަސްޓް ފަންޑު ހިންގާ ކޮމިޓީއާއި، ސްޓެރެޓެޖިކް އެކްޝަން ޕްލޭން ވިލަރެސްކުރާ ކޮމެޓީގެ ވެސް މެމްބަރެކެވެ. 1 ނޮވެމްބަރ 2005 ދިވެހި ސަރުކާރަށް ޚިދުމަތް ކުރަން ފައްޓަވާފައިވާއިރު، މިހާރު މުނާ ދަނީ 16 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ދައުލަތައް ޙިދުމަތްކުރައްވަމުންނެވެ. 

މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިވަޑައިގަތުމުގެ ކުރިން ފާތުމަތު މުނާ ވަނީ 2005 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި ވުޒާރާތަކުގައި ސެކްރެޓޭރިއޭޓް ގެ މަޤާމުން ފެށިގެން ޑިރެކްޓަރުގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވާފައެވެ. އެގޮތުން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރަ ސްޓަރަކްޗަރ، މިނިސްޓްރީ އޮފް ހެލްތްއާއި ގއ. އަތޮޅު އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވެއެވެ. މިގޮތުން އަދާކޮށްފައިވާ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، ފައިނޭންސްއާއި ޕްރޮކިއުމަންޓްގެ އިތުރުން މެނޭޖްމަންޓްގެ މަސައްކަތް ކުރައްވާފައިވެއެވެ. އަދި މިނިސްޓްރީ އޮފް ހައުންސިން ގައި މަސައްކަތް ކުރެއްވި އިރު މުނާ ވަނީ 1 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ހިޔާ ރިކްރިއޭޝަން ކްލަބްގެ ވައިސް ޗެއާ ކަން ވެސް ކުރައްވާފައެވެ. ދައުލަތައް ޙިދުމަތް ކުރުމުގެ އިތުރުން ފާތުމަތު މުނާ ރާއްޖޭގެ ތައުލީމީ ދާއިރާއާ ގުޅުންހުރި ތަންތަނާއި އެހެނިހެން އިންސްޓިޓިއުޓް ތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. އެގޮތުން އެވިޑް ކޮލެޖްގެ ޕާޓް ޓައިމް ލެކްޗަރާ ކަން 2016 ން 2018 އަށް ކޮށްފައިވާއިރު އެޗް. އާރު މޯލްޑިވްސް ގެ ބޯޑް އޮފް އެޑްވައިޒަރުކަން 2018 ން 2020 ށް ކުރައްވާފައިވެއެވެ. އަދި ފެބްރުއަރީ 2022 އިން ފެށިގެން ފާތުމަތު މުނާ ދަނީ ފައިނޭންސް އިންސްޓިޓިއުޓް ފޯ ޑިވެލޮޕްމެންޓަލް ސްޓަޑީޒް ގެ އެކަޑެމިކް އެޑްވައިޒަރީ ކައުންސިލްގެ ވައިސް ޗެއަރ ކަން ވެސް ކުރައްވަމުންނެވެ. އަދި ފާތުމަތު މުނާ އަކީ 2017 ވަނަ އަހަރުން 2021 ވަނަ އަހަރާ ހަމައަށް ދާރުލް ގުރުއާނުލް ވައްސުއްނަ އިންސްޓިޓިއުޓުން ބޮޑެތި މީނުންނަށް އަމާޒުކޮށްގެން ހިންގާ ކުރުމުއްދަތުގެ އިނގިރޭސީ ކޯސްތައް ކިވައިދެއްވާ ފައިވާ ލެކްޗަރާއެކެވެ.  

ތައުލީމީ ރޮގަށް ބަލާއިރު ފާތުމަތު މުނާ ވަނީ އޮޕެން ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓާރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައެވެ. އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ބިޒްނަސް މަނޭޖްމަންޓް އެންޓް މާކެޓިންގެ އިތުރުން ޑިޕްލޮމާއިން ބިޒްނަސް އާއި ލީޑާޝިޕް އެންޑް މެނޭޖްމަންޓް ކޯސް ވެސް ވަނީ ފުރިހަމަ ކުރައްވާފައިވެއެވެ.

 

 

އަބްދުﷲ އަޒްމީން – އެސިސްޓެންޓް ޑިރެކްޓަރ (MS3)


އަލްފާޟިލް އަބްދުﷲ އަޒްމީން މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 3 މާރިޗް 2022 ގައި އެސިސްޓަންޓް ޑިރެކްޓަރެއްގެ ގޮތުގައެވެ. އަޒްމީންގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ ފައިސާއާއި ބެހޭ އެންމެހާ ކަންކަން ބެލެހެއްޓުމާއި އަދި މީޑިއާ ސެކްޝަންގެ އެންމެހާ މަސައްކަތް ވިލަރެސް ކޮށް ހިންގައި ބެލެހެއްޓުމެވެ. އަޒްމީން ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 11 ޖުލައި 2007 ގައެވެ.  

  

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ވެސް އަޒްމީން ވަނީ ސަރުކާރަށް ދިގުމުއްދަތެއް ވަންދެން ހިދުމަތް ކޮށްދީފައެވެ. އެގޮތުން އަޒްމީން ވަނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގައި 14 އަހަރު މަސައްކަތްކޮށްފައިވެއެވެ.  އަޒްމީން އުފުއްލެވި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބިލްތަކަށް ފައިސާ ދެއްކުމާއި ލަފާކުރާ ބަޖެޓް ތައްޔާރުކުރުމާއި މާލީ ހިސާބު ތައްޔާރުކުރުން ހިމެނެއެވެ.  

  

އަޒްމީން ވަނީ އެވިޑް ކޮލޭޖްއިން ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން 2021 ވަނަ އަހަރު ހާސިލްކުރައްވާފައެވެ.  

 

 

 

 

ޝާދިޔާ އަޙުމަދު – ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (MS1)


އަލްފާޟިލާ ޝާދިޔާ އަޙުމަދު މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 10 އޯގަސްޓް 2010 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައެވެ. ޝާދިޔާގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ އެޗްއާރު އެންޑް އެޑްމިންއާއި ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް ކޮށް ބެލެހެއްޓުމެވެ.  އަދި 16 ޑިސެންބަރ 2021 އިން ފެށިގެން މަސައްކަތް ކުރައްވަނީ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އެއްގެ ގޮތުގައެވެ. މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ ފައިނޭންސްއާއި ގުޅުން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށް ބެލެހެއްޓުމެވެ. އަދި މީގެ އިތުރަށް ޝާދިޔާ އަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޖެންޑަރ އީކުއަލިޓީ ކޮމެޓީގެ މެންބަރެކެވެ. ޝާދިޔާ ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 14 ޖޫން 2001 ގައެވެ.

 

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ޝާދިޔާ ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ޝާދިޔާ ވަނީ ފިލްމު ސެންސަރު ބޯޑުގައި ސެކްރެޓެރީ މަޤާމުގައި ގޮތުގައި 2001 އިން  2006  (5 އަހަރު) ، މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް އާޓްސް ގެ "ސެކްރެޓެރީ ގުރޭޑް 2" ގެ މަޤާމުގައި 2006 އިން 2007 އަށް (1 އަހަރު) ، މިނިސްޓްރީ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސްގެ "ސެކްރެޓެރީ ގުރޭޑް 2" ގެ މަޤާމުގައި 2007 އިން 2008 އަށް (1 އަހަރު) ، މިނިސްޓްރީ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސްގެ "ސެކްރެޓެރީ ގުރޭޑް 2" އަދި ޑިޕާޓްމެންޓް އޮފް އިންފޮމޭޝަނުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމުގެ ގޮތުގައި  2008 އިން 2009 އަށް (1 އަހަރު) މަސައްކަތްކޮށްފައެވެ.

 

ޝާދިޔާ ވަނީ މިއެންޒް އިންޓަނޭޝަނަލް ކޮލެޖްއިން، ބެޗެލަރސް އޮފް ހިއުމަން ރިސޯސް މެނޭޖެމަންޓް ކޯސް 2021 ، އެސޯސިއޭޓް ޑިގްރީ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް ކޯސް 2020، ޑިޕްލޮމާ އިން ހިއުމަން ރިސޯސް މެނޭޖެމަންޓް ކޯސް 2019 ، އަދި އެޑްވާންސް ސެޓްފިކެޓް އިން ހިއުމަން ރިސޯސް މެނޭޖެމަންޓް ކޯސް 2018 ގައި ފުރިހަމަ ކުރައްވާފައެވެ.

 

 

ނާއިޒް އަބްދުﷲ ޖަމާލް – ކޮމްޕިއުޓަރ ޓެކްނީޝަން (MS1)



އަލްފާޟިލް ނާއިޒް އަބްދުﷲ ޖަމާލް މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 4 މާރިޗް 2018 ގައި ކޮމްޕިއުޓަރ ޓެކްނީޝަނެއްގެ ގޮތުގައެވެ. ނާއިޒްގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ އިންފޮމޭޝަން ކޮމިޔުނިކޭޝަން އެންޑް ޓެކްނޮލޮޖީއާއި ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް ވިލަރެސްކޮށް ބެލެހެއްޓުމެވެ. އަދި މީގެ އިތުރަށް ނާއިޒްއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީގެ މެންބަރެކެވެ. ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 14 ޖުލައި 2011 ގައެވެ.

 

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ނާއިޒް ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުގައި ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން ނާއިޒް ވަނީ އެލްއިޑް އިންޝުރެންސް ކުންފުނީގެ ވެބް ޑިވަލޮޕަރެއް ގޮތުގައި 3 އަހަރު، މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގެ ސީނިއަރ އެނަލިސް ޕްރޮގްރާމާއެއްގެ ގޮތުގައި 1 އަހަރު، އަމީނިއްޔާ ސުކޫލްގެ ކޮމްޕިއުޓަރ ޓެކްނީޝަންގެ ގޮތުގައި 4 އަހަރު، ކްލެސިފައިޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްގެ ކޮމްޕިއުޓަރ ޕްރޮގްރާމާރގެ ގޮތުގައި 4 އަހަރު މަސައްކަތްކޮށްފައިވެއެވެ.

 

ނާއިޒް ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީން ބެޗެލަރސް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ (އޮނާރސް)  2018އަހަރު ހާސިލްކުރައްވާފައެވެ. އަދި އައިބީއެސް އިން ޑިޕްލޮމާ އިން ސޮފްޓްވެއަރ އިންޖިނިއަރިންގ ވެސް ހާޞިލް ކުރައްވާފައިވެއެވެ.

 

ފާޠިމަތު ފަހުމީ - ލީގަލް އޮފިސަރ (CS7-4)


އަލްއުސްތާޛާ ފާޠިމަތު ފަހުމީ  މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިވަޑައިގަތީ 23 ފެބްރުވަރީ 2019 ގައި ލީގަލް  އޮފިސަރއެއްގެ ގޮތުގައެވެ. ފާޠިމަތުގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ  ޤާނޫނީ ހުރިހާ މަސައްކަތްތަކެއް ވިލަރެސްކޮށް ބެލެހެއްޓުމެވެ. އަދި މީގެ އިތުރަށް  ފާޠިމަތުއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީ، އެޗްއާރް އެމްޑީ ކޮމިޓީ، މުރާޖާ ކޮމިޓީ އަދި ޓްރަސްޓް ފަންޑް ހިންގާ ކޮމިޓީގެ މެންބަރެކެވެ. އޭގެ އިތުރުން ޖެންޑާ އިކުއަލިޓީ  އާ ގުޅޭ  ޝަކުވާ ބަލާ ކޮމިޓީގެ މުޤައްރިރެވެ. ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 07 އޮގަސްޓު 2011 ގައެވެ.

 

މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިވަޑައިގަތުމުގެ ކުރިން ފާޠިމަތު ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ފާޠިމަތު ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ  ފައިނޭންސް އޮފިސަރއެއްގެ ގޮތުގައި 6 މަސް، މޯލްޑިވްސް މީޑިއާ ކައުންސިލުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރއެއްގެ ގޮތުގައި 3 އަހަރު، މޯލްޑިވްސް އިންލަންޑް  ރެވެނިއު އޮތޯރިޓީގެ ސީނިއރ އޮފިސަރެއްގެ ގޮތުގައި 1 އަހަރު،  މޯލްޑިވްސް މީޑިއާ ކައުންސިލުގެ ލީގަލް އެސިސްޓެންޓްގެ  ގޮތުގައި 2 އަހަރު މަސައްކަތްކޮށްފައެވެ.

 

ފާޠިމަތު ވަނީ 2015 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރސް އޮފް ލޯ (އެލް.އެލް.އެމް) އާއި،  2018ވަނަ އަހަރު ބެޗެލަރސް އޮފް ޝަރީޢާ އެންޑް ލޯ (އޮނާރސް) ހާސިލްކުރައްވާފައެވެ.

 

 

 

ފާޠިމަތު ހަފްނާ-  އެޑްމިނިސްޓްރޭޓިވް އޮފިސަރ (GS3)