ޚަބަރު

މީޑިއާ ކައުންސިލުން ނޫސްވެރިންނާ ބައްދަލުކުރުން

27 ޖުލައި 2017 | ޚަބަރު

 މިއަދު މެންދުރުފަހު 1:20 ގައި މޯލްޑިވްސް މީޑިއާ ކައުންސިލުން، ބައެއް ނޫސްވެރިންނާ ބައްދަލުކޮށްފިއެވެ. މި ބައްދަލުކުރުމުގެ ބޭނުމަކީ، 2017 ޖުލައި 26 ވީ ބުދަ ދުވަހުގެރޭ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެއްލެވުމުގެ ދަށަށް ގެންދެވުނު ނޫސްވެރިންގެ ކިބައިން އެކަމާބެހޭ މަޢުލޫމާތު ހޯދުމެވެ. މި ބައްދަލުވުމުގައި އެ ނޫސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ނޫސްވެރިން ޕޮލިސް ސަރވިސްގެ ބެއްލެވުމުގެ ދަށަށް ގެންދެވުމާ ގުޅިގެން، މީޑިއާ ކައުންސިލުން ވަނީ ރޭގައި ވެސް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެ ނޫސްވެރިންގެ ޙާލުބެލުމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަމާބެހޭ ބޭފުޅުންނާއެކު މަޝްވަރާތަކެއް ކުރުން ހިމެނެއެވެ.

 

27 ޖުލައި 2017